PNC CommunityPNC Community

ދަތުރުފަތުރު

4 ލިޔުން
އިތުރު:އިންފްރާސްޓްރަކްޗާ

މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ބޮޑު ސާވޭ ފަށައިފި.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާވޭތަކާއި މަޝްވަރާތައް ހައުސިން މިނިސްޓްރީން ފަށައިފިއެވެ. މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން އެންމެ އިސްކަންދޭ މަޝްރޫއެވެ. އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސާވޭތަކުގެ މައިގަނޑު ބޭނުމަކީ މަގުތަކުގެ ކުރެހުންތައް ތައްޔާރުކުރުމެވެ. މި މަޝްރޫއުގެ ސަބަބުން މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ހިނގާބިނގާވެ އުޅޭ މީހުންނާއި އުޅަނދުތަކަށް ރައްކާތެރި އަމާން މަގުތަކަކަށް މާލޭގެ މަގުތައް ބަދަލުވެގެންދާނެއެވެ.

‏2 ދުވަސް ކުރިން
އިތުރު:އިންފްރާސްޓްރަކްޗާ

ޢީދު ބަންދަށް 200 އިތުރު ފްލައިޓާއެކު މޯލްޑިވިއަން ތައްޔާރު.

ޢީދު ބަންދާ ދިމާކޮށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި، މޯލްޑިވިއަން އިން މޭ 17 އިން ޖޫން 2 އަށް 1,277 ފްލައިޓް ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނޭ 213 އިތުރު ދަތުރާއެކު ޖުމްލަ 64,000 އެއްހާ ސީޓު ވިކޭނެ ކަމަށް ލަފާކުރެވެއެވެ. ވިޔަފާރީގެ ގޮތުން ބައެއް ރޫޓުތަކުން ގެއްލުންވީ ނަމަވެސް، މިއީ ރައްޔިތުންނަށްޓަކައި ފޯރުކޮށްދޭ ޢާންމު ޚިދުމަތެކެވެ. މީގެ އިތުރުން، ސަރުކާރުން ދަނީ ޓްވިން އޮޓާ ސީޕްލޭން ބޭނުންކޮށްގެން ސަރަޙައްދީ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކުރަމުންނެވެ. މި މަސައްކަތްތަކަކީ ކޮންމެ ރަށަކުން 30 މިނެޓުން ދެވޭނެ އެއާޕޯޓެއް ޤާއިމުކުރުމަށް ޕީއެންސީން ވެފައިވާ ވަޢުދާ ގުޅިފައިވާ މުހިންމު މަސައްކަތްތަކެކެވެ.

‏4 ދުވަސް ކުރިން
އިތުރު:އިގުތިސާދުފަތުރުވެރިކަން

ސީ-ޓު-އެއަރ ކާގޯ: 17 އެއަރލައިން، 23 މަންޒިލް، 2 މިލިއަން ކިލޯ

ރާއްޖޭގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ (ސީ-ޓު-އެއަރ ކާގޯ) ޚިދުމަތުގައި 17 ބައިނަލްއަގުވާމީ އެއަރލައިނަކުން ބައިވެރިވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދު ސިންދަފާތު ކުރުމުގެ ސިޔާސަތުގެ ދަށުން މިދިޔަ މޭ މަހު ފެށި މި ޚިދުމަތުގެ ތެރެއިން މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ކިލޯގެ މުދާ ވަނީ އުފުލާފައެވެ. މިއީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ނިޒާމުގެ ދަށުން ކަނޑުމަގުން ރާއްޖެ ގެންނަ މުދާ ދުނިޔޭގެ 23 މަންޒިލަކަށް ވައިގެ މަގުން ފޮނުވައިދެއެވެ. މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާވެ، އިޤްތިޞާދީ އާ ފުރުޞަތުތަކެއް ވަނީ ފަހިވެފައެވެ.

May 14
އިތުރު:ވައުދު

ރ. އަތޮޅުގައި އާރްޓީއެލް ފެށުން: މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ޚިދުމަތް ދިނުމަށް އަމާޒު ހިފައިފި

ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ފުޅާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ. ރައީސް ވިދާޅުވީ ވައުދުވެވަޑައިގަތް ގޮތަށް ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި މި ޚިދުމަތް ފަށާފައިވާ ކަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ވެސް ފެރީގެ ޚިދުމަތް ފަށާނެ ކަމަށެވެ. ރ. އަތޮޅުގައި މިހާރު ދެމުންދާ ޚިދުމަތް ޖުލައި 2 ގެ ނިޔަލަށް ހިލޭ ލިބޭނެއެވެ. އާރްޓީއެލްގެ ޚިދުމަތް މިހާރު ދެމުންދަނީ ޒޯން 1، ޒޯން 2، ޒޯން 5 އަދި ޒޯން 6 ގެ އަތޮޅުތަކުގައެވެ. މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް ޔަޤީންކަން ދެއްވިއެވެ.

May 10