ދިވެހި ހުރިހާ ހައްޖުވެރިން ސަލާމަތްތެރިކަމާއެކު މިނާއަށް ވާސިލުވެއްޖެ
މިއަހަރު ހައްޖަށް ދިޔަ ހުރިހާ ދިވެހި ހައްޖުވެރިން ރޭ ފަތިހު ހެޔޮ ހާލުގައި މިނާއަށް ވާސިލުވެއްޖެ ކަމަށް ހައްޖު މިޝަނުން ބުނެފިއެވެ. ހައްޖު އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާޢު ޢައްބާސް ވިދާޅުވި ގޮތުގައި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅެވެ. ހައްޖުވެރިންނަށް މިނާގައި އޭސީ ޓެންޓުތަކާއި، ސޯފާ ބެޑާއި، ނިދާ ސާމާނުގެ އިތުރުން މުސައްލަ އާއި ރީތިވާ ސާމާނު ހިމެނޭ ޕެކޭޖެއް ވަނީ ދީފައެވެ. މިއަދު މިނާގައި މަޑުކުރުމަށްފަހު ހައްޖުވެރިން އަރަފާތަށް ފުރާނީ މިރޭގެ ވަގުތެއްގައެވެ. މި ފުރިހަމަ އިންތިޒާމުތަކަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށް ހައްޖުގެ ކަންކަން ހަމަޖެއްސުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ.




