ނޭޝަނަލް ސަރވިސް ޕްރޮގްރާމްގެ ފުރަތަމަ 63 ދަސްވެނިން
ނޭޝަނަލް ސަރވިސް ޓެކްނިކަލް ޕްރޮގްރާމްގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމި 63 ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. 17 އަހަރާއި 19 އަހަރާ ދެމެދުގެ މި ޒުވާނުން ވަނީ ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ހަތަރު މަސްދުވަހުގެ ތަމްރީނެއް ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމަކީ ޤައުމީ ސިފަތަކާއި އިސްލާމީ އަގުތައް ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަށް ޕީއެންސީގެ މެނިފެސްޓޯގައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެ މަތިން ހިންގުނު ޕްރޮގްރާމެކެވެ. އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ދެވަނަ ބުރުގައި ބައިވެރިވުމަށް 75 ޒުވާނުން މިހާރު ވަނީ ރަޖިސްޓްރީވެފައެވެ.






