PNC CommunityPNC Community

ޚާރިޖީ ސިޔާސަތު

1 ލިޔުން

އުރުދުންގެ މިނިވަންދުވަހު ރައީސް ތަހުނިޔާ ފޮނުއްވައިފި

އުރުދުންގެ މިނިވަންދުވަހުގެ ބަރަކާތްތެރި މުނާސަބަތާ ގުޅިގެން، އެޤައުމުގެ ރަސްގެފާނު ޢަބްދުﷲ ދެވަނައަށާއި ބޮޑުވަޒީރު ޑރ. ޖަޢުފަރު ޙައްސާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަހުނިޔާގެ ރަސްމީ ސިޓީފުޅުތަކެއް ފޮނުއްވައިފިއެވެ. މި ސިޓީފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ހާމކުރައްވައި، ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރު ދާއިރާތަކުން ފުޅާވެ ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ފާޅުކުރައްވާފައެވެ. ކޮންމެ އަހަރެއްގެ މޭ 25 ގައި ފާހަގަކުރާ އުރުދުންގެ މިނިވަންދުވަހަކީ 1946 ވަނަ އަހަރު އިނގިރޭސި އިސްތިޢުމާރުގެ ދަށުން އެޤައުމު މިނިވަންވެ، މުސްތަޤިއްލު ވެރިކަމެއް އިޢުލާންކުރި ތާރީޚީ ދުވަހެވެ. ރައީސް ވަނީ އުރުދުންގެ ރައްޔިތުންނަށް ދާއިމީ ސުލްޙައާއި ތަރައްޤީއަށް އެދިވަޑައިގެންފައެވެ.

‏4 ދުވަސް ކުރިން